-Advertisement-

-Advertisement-

ޙައްޖުވެރިންނަށް އެހީވާން މަސްޖިދުލް ނަބަވީގައި ސްމާޓް ރޮބޮޓްގެ ޚިދުމަތް ފަށައިފި

ޙައްޖުވެރިންނަށް އެހީވާން މަދީނާގެ މަސްޖިދުލް ނަބަވީގައި ސްމާޓް ރޮބޮޓްގެ ޚިދުމަތް ފަށައިފިއެވެ.

މަސްޖިދުލް ނަބަވީގެ ގޯތިތެރޭގައި މި ރޮބޮޓްތައް ބެހައްޓާފައިވަނީ މަދީނާ ޕްރޮވިންސްގެ ހެލްތު މިނިސްޓްރީގެ ބްރާންޗުން ކުރިއަށް ގެންދާ ޕްރޮޖެކްޓްއެއްގެ ދަށުންނެވެ.

ސައުދީ ޕްރެސް އެޖެންސީ އިން ނެރެފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މިހިދުމަތް ދިނުމުގެ މަގުސަދަކީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ހޭލުންތެރި ކުރުވުން ކަމަށާއި ތައުލީމީ މެސެޖުތަކާއި ސިއްހީ އިރުޝާދުތައް ދައްކާލައި ބްރޯޑްކާސްޓްކުރުން ކަމަށެވެ.

“ދުނިޔޭގެ 96 އަށް ވުރެ ގިނަ ބަހުން ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ތައުލީމީ މެސެޖުތަކާއި ސިއްހީ އިރުޝާދުތައް ދައްކާލައި ބްރޯޑްކާސްޓްކުރުން،” ސައުދީ ޕްރެސް އެޖެންސީން ބުނެފައިވެއެވެ.

މަދީނާގެ މަސްޖިދުލް ނަބަވީގައި ހައްޖުވެރިންނަށް އެހީތެރިވެދޭން ރޮބޮޓްސް މެދުވެރިކޮށް ދެވޭ ހިދުމަތުގެ އިތުރުން ސިޓީގެ ސިއްހަތާ ބެހޭ އިދާރާތަކުގެ ވޮލެންޓިއަރުންނާއި ހޭލުންތެރިކުރުމުގެ ޓީމުތަކުން 220 ފިރިހެން އަދި އަންހެން ވޮލަންޓިއަރުންނާއި، 12 އަށް ވުރެ ގިނަ ޓީމުން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.

ޙައްޖު މޫސުމުގައި ސިއްހީ އަދި އިމަޖެންސީ ޚިދުމަތް ދިނުމަށް ވޮލަންޓިއަރުން ދަނީ ކީރިތި ރަސޫލާގެ މިސްކިތާއި އެ ތަނަށް ވަންނަ މަގުތަކާއި ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި އަލް ހަރަމައިން ރޭލް ސްޓޭޝަނާއި ޤުބާ މިސްކިތުގައި ހަރަކާތްތެރިވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-