-Advertisement-

-Advertisement-

ޣައްޒާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 37,296

ފޮޓޯ: ރޮއިޓާސް

އޮކްޓޯބަރު 7 ގައި އިޒްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެއްޓިފަހުން މިހާރު 8 މަސް ވެފައިވާއިރު, އެ ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދަކީ 37,296 ކަމަށް ޣައްޒާގެ ސިއްޙަތާއިބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުތެރޭގައިވެސް 30 މީހުން މަރުވެފައިވާ ކަމަށާއި, މިހަމަލާތަކުގެ ސަބަބުން އިތުރު 85,197 މީހުން ޒަޚަމްވެސް ވެފައިވާ ކަމަށެވެ.

އިޒްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް އެތައް ގައުމަކުން ކުށްވެރިކޮށްފައިވީ ނަމަވެސް އަދި ހަމަލާތައް ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ޕްރޮޕޯސަލެއް ހުށައަޅައިފައިވީނަމަވެސް އިޒްރާއިލުން މިހާތަނަށް އެއްވެސް ހުށައެޅުމެއް ގަބޫލުކޮށްފައިނުވެއެވެ.

އިޒްރާއިލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތައް ދިގުދެމިގެން ދިޔުމާއި, އެކި ގައުމުތަކުން ފޮނުވާ އެހީ އެސަރަހައްދަށް ވައްދާ މަގުތައް ބަންދުކޮށްފައިވުމުން, ބަނޑުހައި ހޫނުކަން ފެތުރި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް އދ އިން ވަނީ މީގެ ކުރިން އިންޒާރު ދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-