ހޯމަ ދުވަހު މައްކާއަށް ވާރޭވެހި, ގަދަ ހޫނުގައި މިނާގައި ތިބި ޙައްޖުވެރިންނަށް ހިތްހަމަޖެހުން ގެނުވައިފިއެވެ.
ޖަމްރާތަކަށް ހިލައުކުމަށް މިނާގައި ތިބި ޙައްޖުވެރިން, ގަދަ ހޫނުގެ ސަބަބުން މެންދުރުގެ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީންވަނީ އަންގާފައެވެ. ޙައްޖުވެރިންގެ ތެރެއިން 2,760 މީހަކަށްވަނީ ގަދަ ހޫނުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިފައެވެ. އަދި އެކަމުގެ ސަބަބުން ބައެއް ޙައްޖުވެރިން މަރުވެފައިވެސް ވެއެވެ.
އާދަޔާއި ޚިލާފަށް ހޫނު ގަދަވުމަށްފަހު ވާރޭ ވެހުމުން, ގިނަ ޙައްޖުވެރިންނާއި މައްކާގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ.