-Advertisement-

-Advertisement-

އިޒްރާއިލްގެ އަސްކަރީ އުޅަދެއްގެ މަތީގައި މީހަކު ބަނދެގެން ގެންދާ ވީޑިއޯއެއް ދައުރުވަނީ

އިޒްރާއިލްގެ އަސްކަރީ އުޅަދެއްގެ މަތީގައި ފަލަސްތީނުގެ އަނިޔާވެފައިވާ ރައްޔިތަކު ބަނދެގެން ދުއްވާ މަންޒަރެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ދައުރުވާންފެށި މި ވީޑިއޯއިން އެމީހާ އިޒްރާއިލުގެ އަސްކަރީ ޖިޕެއްގެ ކުރީކޮޅުގައި ބަނދެގެން ދެ އެމްބިއުލާންސް ކައިރިން ދުއްވާތަން ފެނެއެވެ. ބަނދެފައި އޮތް މީހަކީ ފަލަސްތީނުގެ ޖެނީންގެ ރައްޔިތެއް ކަމަށްވާ މުޖާހިދު އަޒްމީ ކިޔާ މީހެކެވެ.

މި ވީޑިއޯ އާއި ގުޅިގެން އިޒްރާއިލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތައް ގެންދެވުނު މީހަކީ އިޒްރާއިލުގެ އަސްކަރިއްޔާއަށް ހަމަލާ ދިން މީހެއް ކަމަށެވެ. އަދި ބަދަލުގައި ދިން ހަމަލާތަކުގައި އެމީހާ ޒަޚަމް ވުމުން އެގޮތައް ބަނދެގެން ދިޔުމަކީ އެމީހުންގެ ޕްރޮޓޮކޯލް ތަކާއި ޚިލާފު ކަމެއް ކަމަށާއި އެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެއެވެ.

އަނިޔާވި އަޒްމީގެ އާއިލާއިން ބުނެފައިވަނީ އިޒްރާއިލް ސިފައިން އެސަރަހައްދުގައި މީހުން ހައްޔަރު ކުރުމަށް އެޅި ރެއިޑެއްގައި އަޒްމީއަށް އަނިޔާވުމުން އެމްބިއުލާންސެއް ގެނައުމަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމްބިއުލާންސެއް ނުގެނެސް އިޒްރާއިލު ސިފައިންގެ ވެހިކަލުގެ ކުރީކޮޅުގައި އޭނާ ބަނދެ އެތަނުން ދުއްވާލާފައިވާކަމަށް އެމީހުން ބުނެފައިވެއެވެ.

ފަލަސްތީނުގެ ޣައްޒާ އަދި އެކި ސަރަހައްދު ތަކުގައި ކެނޑިނޭޅި ހަމަލާދެމުންދާ އިޒްރާއިލުގެ އަނިޔާވެރި އަސްކަރިއްޔާގެ ލާއިންސާނިއްޔަތުކަން މި ވީޑިއޯއިން އެކަނިވެސް ފާޅުވެގެންދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-