އެމެރިކާގެ ގާނޫން ހަދާ މިޖިލީހުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ތިރި ގޭގެ ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކޮށްފިއެވެ.
އެ މަގާމުގައި ހުރި މެކާތީ މަގާމުން ވަކިކުރުމުން އެ މަގާމު މިހާރު ވަނީ ހުސްވެފަ އެވެ. މަޖިލިސް ކުރާ ގޭގެ ރައިސްގެ މަގާމު ހުސްވެފައިވަނިކޮށް, މަޖިލީސް ކުރާ ގޭގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަށް އެމެރިކާގެ ގާނޫން އަސާސީއިން ތަންނުދެއެވެ.
މެކާތީގެ އިތުބާރުނެއް ކަމަށް ފާސް ކޮށްފައިވާނީ އޭނާ ހިމެނޭ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ވޯޓާ ވެސް އެކުގަ އެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުންނާއި މެކާތީ މައްސަލަ ޖެހުނީ ރައީސް ޖޯ ބައިޑެންގެ ސަރުކާރު ހުއްޓުނަ ނުދިނުމުގެ ގޮތުން ހުށަހެޅި ބިލަށް އޭނާ ތާއީދު ކުރުމުންނެވެ.
221 މެންބަރުންނާއި އެކުގައި ގާނޫން ހަދާ ތިރިގޭގެ މެޖޯރިޓީ އޮންނަނީ ރިޕަބްލިކަން ޕާޓީގައިއެވެ. ދެންވެސް ރައީސްގެ މަގާމަށް އަންނާނެ ކަމަށް ލަފާކުރެވެނީ އެ ޕާޓީގެ މެންބަރެކެވެ.
މެކާތީ ރައީސްގެ މަގާމުން ވަކިކުރުން ރިޕަބްލިކަން ޕާޓީއިން ރަމްޒުކުރީ ބައި ކޮޅަށްޖެހި ގޯލެއް ކަމަށްވެ.