-Advertisement-

-Advertisement-

އެމޭޒަން އިން މުވައްޒަފުންނަށް ފާރަލަނީ

ފޮޓޯ؛ އެމޭޒަން.ކޮމް

ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމޭޒަން އިން ފްރާންސް ގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނަށް މާ ބޮޑަށް ފާރަލާތީ ބޮޑު ޖޫރިމަނާ އަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މީޑިއާ ރިޕޯރޓްތައް ބުނާގޮތުގައި ފްރާންސްގެ އެމޭޒަން ކުންފުނީގެ ލޮޖިސްޓިކް ގޮފީގެ މުވައްޒަފުންގެ ހަރަކާތް ތަކާއި މައުލޫމާތު އެމޭޒަން އިން ދަނީ ވަރަށް ބޮޑަށް ރައްކާތެރި ކޮށް ފާރަލަމުންނެވެ. އަދި އެ މުވައްޒަފުންގެ ކޮންމެ ބުރޭކެއްގައި ލަސްވާ ސަބަބުގެ އިތުރުން ދާ ތަންތަންވެސް ދިޔައީ ފާރަލައި ބަލަމުންނެވެ.

މުވައްޒަފުންނަށް ފާރަލައި، މުވައްޒަފުންގެ ޒާތީ މައުލޫމާތު މުވައްޒަފުންގެ ރުހުމާއި ނުލައި ރައްކާކޮށް ބޭނުން ކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. ފްރާންސް ގައި މި ގަވާއިދު މާ ހަރުކަށިވެފައި ލިބޭ އަދަބު ވެސް ބޮޑެވެ. ސަބަބަކީ އެގައުމުގައި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ރައްކާތެރި ކުރުމަށެވެ.

މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައްކާ ކުރާ ކަމަށް ޝައްކު ކުރެވުނަސް މުވައްޒަފަށް ވަޒީފާ ދިން ފަރާތާއި ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު ފްރާންސް ގައި ކޮންމެ މީހަކަށް ވެސް ލިބިދެއެވެ.

މި މައްސަލާގައި އެ އިދާރާ އިން ވަނީ އެމޭޒަން ކުންފުނި 32 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް އެމޭޒަން ކުންފުނިން ބުނެފައިވަނީ މިއީ ކަނޑައެޅިގެން ދޮގު ތުހުމަތު ތަކެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-